ޚަބަރު

ސަރުކާރުގެ ހަރަދުތައް ފޫބައްދަން އޮތް ހަމައެކަނި ހައްލަކީ ޓެކްސް ބޮޑު ކުރުން: އަމީރު

ބޭރު ގައުމުތަކުން ފައިސާ ލިބޭނެ މަގެއް ނެތް ކަމަށާއި، ސަރުކާރުގެ ހަރަދުތައް ފޫބައްދަން އޮތް ހަމައެކަނި ހައްލަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކޮށްގެން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 2.5 ބިލިއަން ރުފިޔާ، ރައްޔިތުންގެ އަތުން ނުނަގާ ސަރުކާރުގެ ހަރަދު ދެކޮޅުޖެއްސޭނެ ގޮތެއް ނެތީތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވެއިރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ޓެކްސް ބޮޑުކުރާ އެނެމް ބޮޑު އެއް ސަބަބަކީ ރިކަރަންޓު ހަރަދު ފޫބެއްދުމަށް ކަމުގައެވެ.

ސަރުކާރުގެ ހަރަދު ކުޑަނުކޮށް، ޓެކްސް ބޮޑުކުރަނީ ކީއްވެތޯ، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދު ރިޔާޒު ސުވާލު ކުރެއްވުމުން އަމީރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ މަސައްކަތްތައް ކުރި ނަމަވެސް އެންމެ ބޮޑު ހަރަދެއް ހިނގަނީ ސިވިލް ސާވެންޓުންގެ މުސާރައަށާއި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓުތަކަށް ކަމުގައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އަންނަ އަހަރު ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާށެވެ. އެގޮތުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށް މިހާރު އޮތީ މަޖިލީހަށް ހުށަހަޅާފަ އެވެ.

3 Comments

  1. ހަޔާތް މަދު ކަމުން އަދިވެސް ސިޔާސީ މަގާމްތައް އުފައްދާފަ ރައްޔިތުން ފެލޭތޯ ބަލަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށްބަލަ ޚަރަދު ކުޑަކުރާށޭ ކިޔާފަ އަންނި ވެރިކަމުގަ ހެދިހެން ސިވިލް ސަރވަންޓުގެ މުސާރަކޮޅު ކާލާނީ ކީ ނޫން މީ ގައުމަށް ޖެހިފަ އޮތް މުސީބާތަކަށް ވެއްޖެ

  2. އެމީހުންގެހަރަދުކުރާނީހައްތާބޮޑުކުރާނެކަމެތްނެތް ރޯދައިންރޯދަޔަންމިއޮތިބެންޖެހިފަ ދުއވަންނޭގޭމީހުނާ އޮޑިގެކަންޕިކަންހަ ާލުކުރީމަވާގޮތްމީ

  3. ތަންތާ ތިބޭ ގަމާރުންނަށް ފިނޭންސް މިނިސްޓަރުކަން ދިނީމަ ވާނީ މިހެން. ކަންކަން ކުރާނެ އައު ވިސްނުމެއް ނުހުރޭ. މީ ކެމްޕޭނަށް ފައިސާ ޖަމާކުރަން ކުރާ ކަމެއް.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button