ޚަބަރުސިޔާސީ

އެމްޑީޕީއަށްވެސް މިލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފު: ޖަމީލް

އެމްޑީޕީއަށް ލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފު ވެއްޖެ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވާނެ ކަމަށާއި، މިހާރުވެސް ހުންނެވީ މަޖިލިސް މެޖޯރިޓީއާއެކު ކަމަށް ރައީސް ސޯލިހު ވިދާޅުވުމާ ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ހަގީގީ އެމްޑީޕީއަށް ލިބުނީ ކެހިވެރިއެއް ކަމުގައެވެ.

”ދިވެހި ގައުމު ދަރަނިވެރިކޮށް، މިސްރާބު ގެއްލި އަދި ބޭރު މީހުން ހުންގާނަށް ފައިބަން ފުރުސަތު ދިނީ ސީދާ ރައީސް ސޯލިހުގެ ވިސްނުމުންކަން މިއަދު އެނގިއްޖެ. މިވެރިކަމުގެ ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެ.“ ޖަމީލު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަޖިލިސް މެޖޯރިޓީ ދަމަހައްޓަވާނެ ކަމުގައެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު އެމަނިކުފާނަކީ އެމްޑީޕީގެ ފަރާތުން ވެރިކަން ކުރައްވާ ބޭފުޅެކެވެ. އަދި މަޖިލިސް މެޖޯރިޓީ މިހާރުވެސް އޮތީ އެ ޕާޓީގައެވެ. އެކަމަކު އެމަނިކުފާނަށް މެޖޯރިޓީ އޮންނަން ޖެހޭ ކަމަށް ވިދާޅުވި ވާހަކަފުޅުގެ މުރާދަކީ ކޮބައިކަމެއް ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button