ޚަބަރުސިޔާސީ

މަޖިލިސް މެޖޯރިޓީ އަޅުގަނޑު ހޯދާނަން: ރައިސް ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންފުޅު ވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނަށް މަޖިލިސް މެޖޯރިޓީ ލިބުމުގެ ސަބަބުން އޮމާން ކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމުގައެވެ. އަދި ރައީސް ޔާމީން ކަން ކުރިޔަށް ގެންދެވިގޮތަށް ރައީސް ސޯލިހުވެސް ކަންކަން ކުރައްވަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލިސް މެޖޯރިޓީއާ އެކީގަ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަޖިލިސް މެޖޯރިޓީ ދަމަހައްޓަވާނެ ކަމުގައެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު އެމަނިކުފާނަކީ އެމްޑީޕީގެ ފަރާތުން ވެރިކަން ކުރައްވާ ބޭފުޅެކެވެ. އަދި މަޖިލިސް މެޖޯރިޓީ މިހާރުވެސް އޮތީ އެ ޕާޓީގައެވެ. އެކަމަކު އެމަނިކުފާނަށް މެޖޯރިޓީ އޮންނަން ޖެހޭ ކަމަށް ވިދާޅުވި ވާހަކަފުޅުގެ މުރާދަކީ ކޮބައިކަމެއް ނޭނގެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button