ޚަބަރުސިޔާސީ

އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ބޭރު ބަޔަކާ މަޝްވަރާ ކުރަން ރައީސް ނިންމަވައިފި

އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ބޭރު ބަޔަކާ މަޝްވަރާ ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މިއަދު ހަވީރު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ މާލީ ހާލާތު ރަނގަޅު ކުރުމަށް ޖޮއިންޓް ވެންޗާ އުސޫލުން ބޭރުގެ ބަޔަކާ ސަރުކާރުން މަޝްވަރާ ކުރަމުން ގެންދާ ކަމުގައެވެ.

”ރާއްޖޭގައި ގައުމީ އެއާލައިނެއް އޮންނަން އެބަޖެހޭ. ހާއްސަކޮށް ޑޮމެސްޓިކް ނެޓްވޯކެއް އޮންނަން ޖެހޭ. ސަރުކާރުން ސަބްސިޑައިޒްކޮށްގެންވެސް އެކަން ކުރަން ޖެހޭ.“ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސީޕެލޭން އޮޕަރޭޝަން ފުޅާ ކުރުމަށް އިންވެސްޓްމެންޓް ބޭނުންވާ ކަމުގައެވެ.

2000 ވަނަ އަހަރު އުފެއްދި ގައުމީ އެއަރލައިން ކަމަށްވާ މޯލްޑިވިއަން އަކީ އާމްދަނީގެ ގޮތުން ޓެރްކެ ރެކޯޑު އެންމެ ރަނގަޅު އެއް ކުންފުންޏެވެ. އެކަމަކު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް އެޅުނު އިރު 442 މިލިއަން ރުފިޔާއިން އައިލެންޑް އޭވިއޭޝަން އޮތީ ދަރަނިވެރިވެފައެވެ. އަދި 2021 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާގޮތުގައި އެ ކުންފުނީގެ ދަރަނި 600 މިލިއަން ރުފިޔާއަށް ގާތްކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button