ޚަބަރުސިޔާސީ

ދިވެހިންގެ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމާނަން: ރައީސް މުއިއްޒު

ދިިވެހި ރައްޔިތުންގެ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންގެ މިނިވަންކަން ދަމަހައްޓާނެ ކަމަށާއި މިނިވަންކަމުގެ ރަތްރޮގު ފަަލަކޮށް ދަމާނެ ކަމަށެވެ.

އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި ދިވެހި ރައްޔިތުން އަބަދުވެސް އަންނާނީ ލިސްޓުގެ އެއްވަނަ އަށް ކަމަށްވާއިރު އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް ކަމަށެވެ.

އަދި ގައުމުތަކާބާއްވަން ޖެހޭ ޚާރިޖީ ގުޅުން ހަމަހަމަކަންމަތީ ބާއްވާނެ ކަމަށާއި ހަތުރުވެރިކަމާއި ހަސަދަވެރިކަން ނުބާއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންގައުމުތަކުން ރާއްޖޭގެ މިނިވަންކަމަށް އަރައިގަތުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު އެހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށާއި ދިވެހި ދައުލަތުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button