ޚަބަރުސިޔާސީ

މަވެސް ޕީޕީއެމްގެ ޓީމަށް ހޯރަފުށިން ހޫނު މަރުހަބާއެއް!

މަވެސް ޕީޕީއެމްގެ ޓީމުން އުތުރުގެ ރަށްތަކަށް ކުރަމުން ގެންދާ ދަތުރުފުޅުގާ، މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން އެރަށުގެ މެމްބަރުންގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއީލްގެ އިތުރުން ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް މި ދަތުރުގައި ބައިވެރިވެފައި ވެއެވެ. މިޓީމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ގިނަ އަދަދެއްގެ ބަޔަކު ހޯރަފުށީ އެއަރޕޯޓަށް އެއްވެފައިވެއެވެ.

ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއަރޕާސަން މުހައްމަދު އިސްމާއީލް ވަނީ މިދަތުރަކީ ކާމިޔާބު ދަތުރެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. މިދަތުރުގައި ހޯރަފުށިން ގިނަ ބަޔަކު ޕީޕީއެމްއަށް ސޮއި ކުރި ކަމަށާއި، ހޯރަފުށިން ޕީޕީއެމް އަށް އޮތް ތާއީދު ހާމަވެގެން ދިޔަ ކަމަށް މުހައްމަދު ވިދާޅުވިއެވެ.

މަވެސް ޕީޕީއެމް ޓީމުން ހޯރަފުއްޓަށް ކުރައްވާ ދަތުރުގައި މިރޭ ވަރަށް ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

One Comment

  1. ސާބަހޭ،ގައުމުގެ ހިތްވަރުގަދަ ބަތޮލުން ތި ކުރއްވާ ޖިހާދަށް،ކުރިމަގު ފެންނަމުން މި ދަނީ ވަރަށް އުޖާލާކޮށް، އިންޝާﷲ
    ތިއަހިތްވަރުގަދާ ބަތޮލުން ތިއަ ކުރައްވާ މަސައްކަތުގާ މާތް ﷲ ބަރަކާތް ލައްވާށި އާމީން.

Leave a Reply to ޖޯޝް Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button