މުނިފޫހިފިލުވުން

ކަވާސާގެ 22 ވަނަ ގިގު މިރޭ ކްލަބްހައުސްގައި!

ކަވާސާގެ 22 ވަނަ ގިގު ކްލަބްހައުސްގައި މިރޭ ބާއްވަން ނިންމައިފިއެވެ.

އާޓިސްޓުންނަށް އަމާޒުކޮށްގެން “ކަވާސާ” އިން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭގަަނޑު ގެނެސްދޭ ގިގު ނައިޓްގެ 22 ވަނަ ޝޯ އޮންނާނީ މިރޭ 23:00 އިން 00:30 އަށެވެ.

މިރޭގެ ޝޯވގައި ޒުވާން ހުނަރުވެރި ލަވަކިޔުންތެރިޔާ މިފްރާހު އަހުމަދު ލައިވްކޮށް ޕާފޯމް ކުރާނެއެވެ. މިފްރާހަކީ ލަވަކިޔުމާއި ގިޓާ ކުޅުމުގައި ފާހަގަކޮށްލެވޭ ހޯރަފުށީ ޒުވާން އާޓިސްޓެކެވެ.

ޝޯވްގެ ލިންކު

މިރޭގެ ޝޯވްގެ ޓައިޓަލް ސްޕޮންސަރ އަކީ ދިވެހި ފަތުރުވެރިކަން ކުރިއެރުވުމާއި އިވެންޓް މެނޭޖްމެންޓްގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ފަރާތަކެވެ. ކަވާސާގެ ބައެއް ޝޯވްތަކުގެ ސޮޕްންސަރުންނަކީ ނަން ހާމަކުރަން ބޭނުން ނުވި ނަމަވެސް ދިވެހި މިއުޒިޝަނުން މާލީގޮތުން ބާރުވެރި ކުރުވުމަށް ތަރުހީބުދޭ ބައެކެވެ.

ކަވާސާއިން މިހާތަނަށް 21 ޝޯވް ކްލަބްހައުސްގައި އިންތިޒާމްކޮށް ގާތްގަނޑަކަށް 25 އަށްވުރެ ގިނަ އާޓިސްޓުންނަށް ރަނގަޅު އާމްދަނީއެއް ހޯދައިދީފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button