ޚަބަރު

ޕީޕީއެމް ދާއިރާ ތަކުގެ އިންތިހާބު: ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ވާދަކުރައްވަނީ

އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ވާދަވެރި ދާއިރާތަކުގެ އިންތިހާބުގައި ދިއްގަރު ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވަން ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރު ޕީޕީއެމްގެ ސެނެޓަރ މުހައްމަދު ޝަކީލް ފޯމު ހުށަހަޅުއްވައިފިއެވެ.

ރައީސް ޔާމީންގެ ފަހަތްޕުޅުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިންވެސް ދައުލަތުގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ އަދި ރައީސް ޔާމީންގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމްވެސް ފުރުއްވާފައިވާ ޝަކީލް ދިއްގަރު، މުލި، މަޑުއްވަރީ، ވޭވަށް، އަދި ރަތްމަންދޫ ހިމެނޭހެން ރައްޔިތުންގެ ތާއީދާއެކު ޕީޕީއެމް ދިއްގަރު ދާއިރާގެ ރައީސްކަމަށް ކުރިމަތި ލައްވާފައިވާކަން ހާމަކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު ކުރި ފޭސްބުކް ޕޯސްޓެއްގައެވެ.

ދިއްގަރު ދާއިރާގެ ރައީސްކަމަށް ކުރިމަތިލެއްވި ސަބަބާ ގުޅެގޮތުން ޝަކީލް އާއި ސުވާލު ކުރުމުން ވިދާޅުވީ މ. އަތޮޅު ވޭވަށަށް ނިސްބަތްވާ މ. އަތޮޅުގެ ފަހުރުވެރި ދަރިއެއް ހައިސިއްޔަތުން ބޭނުންވަނީ މ. އަތޮޅުން ރައީސް ޔާމީންއަށް އޮންނަ ތާއީދު ދަމަހައްޓައި، އަނިޔާވެރި ސަރުކާރެއްގެ ކިބައިން ޤައުމު ސަލާމަތްކޮށް، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ރައީސް ޔާމީންއަށް ކާމިޔާބު ކޮށްދިނުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button