ޚަބަރުސިޔާސީ

ޕްރޮފެސަރ އުގެއިލް ސިޔާސީ މައިދާނަށް ނިކުންނަނީ!

ކުރިޔަށް އޮތް ތަނުގައި ސިޔާސީ މައިދާނުން ފެނިގެން ހިނގައިދާނެ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގެއިލް މިފަދައިން ވިދާޅުވީ ރ.މީދޫ ޒުވާނުންގެ އުންމީދު ޖަމިއްޔާއިން ކުރިޔަށް ގެންދާ އުންމީދީ ސައްލާގެ 3 ވަނަ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް އޭނާ އަކީ ދިވެހިންނާއި ދުރުގައި ހުންނަ މީހެއް ނޫން ކަމުގައި އުގެއިލް ވިދާޅުވިއެވެ. އަދި ދިވެހި ކުދިންނަށް ކިޔަވައި ދިނުމާއި، އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް އިލްމީ އެހީތެރިކަން އަބަދުވެސް ފޯރު ކޮށްދެއްވާކަން އުގެއިލް ވަނީ ފާހަގަ ކުރައްވާފައެވެ.

”ގައުމަށް ކުރިއެރުން އެދި ގައުމީ ހިދުމަތް އަބަދުވެސް ކުރިޔަށް ގެންދަން. އެ ގޮތުން ކުރިޔަށް އޮތް ތާނގައި ސިޔާސީ މައިދާނުން ފެނިދާނެ.“ އުގައިލް ވިދާޅުވިއެވެ.

އުގެއިލް އިތުރަށް ވިދާޅުވީ ގައުމު ބިނާކުރުމުގައި ތަޢުލީމީ މީހުންނަށް އިސްކަންދޭން ޖެހޭކަމަށާއި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ދެނެގަނެ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އެންމެންނަށް ހަމަހަމަ އިންސާފުވެރި އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރުން މުހިންމު ކަމަށެވެ.

އުގެއިލް ސިޔާސީ ދާއިރާއިން ފެނިދާނެކަމަށް ވިދާޅުވެފައި މިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނެކަމުގެ އަޑުތަކެއް ފެތުރިފައިވާ ދުވަސްވަރެއްގަައެވެ.

One Comment

  1. ދައުލަތުގެ ބޮންޑަކަށް ޚިޔާނާތްތެރިވި މީހަކަށް ދެން އޮންނާނީ ކޮން ވަފާތެރިކަމެއް؟ ކޮން ކެތްތެރިކަމެއް؟

Leave a Reply

Your email address will not be published. Required fields are marked *

Back to top button