ޚަބަރުސިޔާސީ

ރިޟްވާނު ގެއްލުވައިލިތާ 7 އަހަރު، މަރު ކޮމިޝަނުން ނެރުނު ބަޔާނުގައި އާ ވާހަކައެއް ނެތް!

މިނިވަން ނޫހުގެ ނުސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެެއްލުވާލިތާ 7 އަހަރު ފުރުނު ދުވަހާ ދިމާކޮށް މަރު ކޮމިޝަނުން ދާދި ދެންމެއަކު ނޫސްބަޔާނެއް ނެރެފިއެވެ.

މަރު ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ ރިޟްވާނު ގެއްލުވައިލި ކަމުގެ މައުލޫމާތު އެނގޭ ފަރާތްތައް ހެކިބަސް ދޭން ޖެހިލުންވާ ކަމަށެވެ. އަދި އެފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދެވޭތޯ މަަސައްކަތް ކުރާ ކަމަށް ކޮމިޝަނުން ބުންޏެވެ.

ރިޟްވާނުގެ މައުލޫމާތު އެނގޭ މީހުން ހެކިބަސް ދޭން ޖެހިލުންވާކަމަށް މީގެ ކުރިންވެސް މަރު ކޮމިޝަނުގެ މެންބަރުން ބުނެފައިވެއެވެ. އެހެން ކަމުން އެއީ އާ ވާހަކައެއް ނޫނެވެ.

މަރު ކޮމިޝަނުގެ ނޫސްބަޔާން ނިންމާލަމުން ބުނެފައިވަނީ ރިޟްވާނާ ގުޅޭ މައުލޫމާތެއް ދެން ބޭނުންވާ ފަރާތެއް ވާނަމަ، އެ ކޮމިޝަނަށް ހާޒިރުވެ ނުވަތަ ކޮމިޝަންގެ މޯބައިލް ނަންބަރު 7390841 އަށް ގުޅުމަށެވެ. މިއީ ވެސް މަރު ކޮމިޝަނުން މީގެ ކުރިން އާންމުންގެ ކިބައިން އެދުނު ކަމެކެވެ.

ނޫސްވެރިޔާ ރިޟްވާނަށް ވީގޮތް ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މީގެ ކުރިން މަރު ކޮމިޝަނުން ބުނީ ރިޟްވާން މަރާލުމަށްފަހު ކަނޑު ފެއްތި ވާހަކައެވެ. އެހެން ނަމަވެސް އޭނާ އަށް ވީގޮތް އަލުން ހޯދުމުގެ މަސައްކަތް މަރު ކޮމިޝަނުން އަނެއްކާވެސް ވަނީ  ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button