ޚަބަރުސިޔާސީ

އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަވީ ބައެއްގެ އަމިއްލަ އެދުމާ ހުރެ: ސަރަނގު އާދަމް މަނިކު

އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަވީ ބައެއްގެ އަމިއްލަ އެދުމާ ހުރެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާދަމް މަނިކު ވަނީ އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަވެގެން އުޅޭ މައިގަނޑު ދެ ސަބަބެއް ހާމަކުރައްވާފައެވެ.

ފުރަތަމަ ސަބަބެއްގެ ގޮތުގައި އާދަމް މަނިކު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގައި އުރަތްޕެއް ނެތުން ކަމުގައެވެ.

”އަބަދުވެސް ބަލި ތަނަކަށް ގަދަ މީހުން އަރާނީ. އަސްލުގަ އިންޑިއާއެއް ނޫން މީގަ ގޯހީ. އަޅުގަނޑުމެންގެ ވެރިން. ރާއްޖެއަށް ދީފަ ހުރި ހުރިހާ ހަމަލާތަކަކީ އަޅުގަނޑުމެންގެ ތެރެއިން އުފެދޭ ދެބަސްވުމުގެ ތެރެއިން ހިނގާ ކަމެއް.“ އާދަމް މަނިކު ވިދާޅުވިއެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި އާދަމް މަނިކު ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި ބަޔަކު އަމިއްލަ އެދުން އިސް ކުރުން ކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި އަލި ރަސްގެފާނާ ހިސާބުން ބެލި ނަމަވެެސް ފެންނަން އޮތީ އެއްބަފާ ބޭފުޅަކަށް ރަސްކަން ނުލިބުމުން ރުޅި އައިސްގެން އިންޑިއާއަށް ގޮސް އެގައުމަށް އާދޭސްކޮށްގެން އަލި ރަސްގެފާނުގެ ދުވަސް ދުއްވާލި ހާދިސާއެވެ.

”މީކީ ކޮންމެހެން ޕޯޗުގީޒުން ގަތް ގަނޑެއް ނޫނެއް ނޫންތޯ. އަޅުގަނޑުމެންގެ ތެރޭގަ މިކަންކަން އުފެދެނީ. ކޮންމެ މީހަކުވެސް ކޮންމެވެސް ކަމެއް ކުރާނީ އަމިއްލަ އެދުމެއްވެސް އޮވެގެން.“ އާދަމް މަނިކު ވިދާޅުވިއެވެ.

އާދަމް މަނިކު ދެކެވަޑައިގަންނަވާގޮތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހީދުގެ ސަބަބުން އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތެއް ނުވާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button