ޚަބަރު

މީރާއަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ޖީއެސްޓީ އިން

މިދިޔަ ސެޕްޓެމްބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައި ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ޖީއެސްޓީގެ ގޮތުގައި 640.93 މިލިއަން ރުފިޔާ ލިބިފައިވާއިރު،  ރިސޯޓުތަކުން ނަގާ ބިމު ކުލީގެ ގޮތުގައި 369.53 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދާނީއާއި އަޅައި ބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ 29 އިންސައްތަ ދަށްވެފައިވާ ކަމަށް މީރާއިން ބުނާއިރު، އެ އިދާރާއިން އިއްޔެ ބުނެފައިވަނީ އެއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 11 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 94.80 މިލިއަން ރުފިޔާ އާއި ގްރީން ޓެކްސްގެ ގޮތުގައި 297.63 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެ އެވެ. މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި 149.30 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 77.69 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 59.12 މިލިއަން އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި މީރާއިން ވަނީ ބަލައިގަނެފައެވެ.

މިދިޔަ އަހަރާއި އަޅާ ބަލާއިރު ދައުލަތުގެ އާމްދަނީ ދަށްކަމަށާއި، އެކަމުގެ ސަބަބަކީ އިންކަމް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓަށް ލިބިފައިވާ އާމްދަނީ ދަށްވެފައިވާތީ ކަމަށްވެސް މީރާއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button