ޚަބަރުސިޔާސީ

މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ގޮވާލައި މަސްމާރުކޭޓު ކައިރިއަށް ޕީޕީއެމުން މާދަމާ ހަވީރު އެއްވަނީ

މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ގޮވާލައި މަސްމާރުކޭޓު ކައިރިއަށް ޕީޕީއެމުން އެއްވާން ނިންމައިފިއެވެ.

މިއަދު ހަވީރު އިދިކޮޅު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ އެކްޝަން ޑިޕާޓުމެންޓްގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވިގޮތުގައި އެއްވުން އޮންނާނީ މާދަމާ ހަވީރު 16:00 ގައެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައިނުމާއި، ބާނާ މަހަށް ޑޮލަރު ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން ވެފައިވާ ވައުދު ނުފުއްދޭއިރު، ކަންނެލި ޖަހަގަތަކާއި ގޭދޮށު މަސް ފެކްޓްރީގެ ވައުދަށްވެސް ވީނުވީއެއް ނޭނގޭ ކަން މުހައްމަދު ފާހަގަކުރެއްވިއެވެ.

މާދަމާގެ ހަރަކާތުގައި ވީހާވެސް ގިނަ މަސްވެރިން ބައިވެރިވެދިނުމަކީ އެޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމުގައި މުހައްމަދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button