ޚަބަރުކުޅިވަރު

ރެކޯޑު ފީއަކަށް ގްރިއަލިޝް ސިޓީއަށް

117.5 މިލިއަން ޔޫރޯގެ ރެކޯޑު ފީއަކަށް އެސްޓަންވިލާގެ ތަރި ޖެކް ގްރިއަލިޝް މެންޗަސްޓާ ސިޓީއަށް ސޮއި ކޮށްފިއެވެ.

ގްރިއަލިޝް ސިޓީއަށް ސޮއިކޮށްފައިވަނީ އިއްޔަގެ ވަގުތެއްގައެވެ. 25 އަހަރުގެ ގްރިއަލިޝް ވަނީ ނިމިދިޔަ ސީޒަނުގައި އެސްޓަންވިލާގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި ނިމިދިޔަ ޔޫރޯގައި ވެސް ގްރިއަލިޝް ވަނީ މޮޅު ކުޅުމެއްދައްކައިފައެވެ.

ގްރިއަލިޝް ސިޓީއާއި ގުޅުމަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެއެވެ. ގާޑިއޯލާ ސިޓީގެ ކޯޗުކަމާއި ހަވާލުވިފަހުން ބިލިއަނަކާއި ( ޔޫރޯއިން ) ގާތަށް ކުޅުންތެރިން ގަތުމަށް ހަރަދުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް އަދިވެސް ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސްލީގު ނެގޭގޮތް ވަނީ ގާޑިއޯލާއަށް ނުވެފައެވެ. މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިއުން ގާޑިއޯލާއަށް އަންނަނީ އަމާޒުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button