ޑެވިން، ޓޯއީ، ޝަލަބީ އަދި ޝިފާގެ ވަރަށް ހާއްސަ ޝޯއެއް ހުޅުމީދޫގައި

ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިއުންތެރިންކަމުގައިވާ ޑެވިން، ޓޯއީ، ޝަލަބީ އަދި އޭނާގެ އަންހެނުން ޝިފާ ލަވަތަކާއެކު ޚާއްސަ މިއުޒިކް ޝޯއެއް އައްޑޫ ސިޓީ ހުޅުދޫގައި މާދަމާ ރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
”ދޮން އުނބަރާ ނައިޓް“ގެ ނަމުގައި ބާއްވާ މި ޝޯ ހުކުރު ދުވަހުގެ ރޭ 8:30 އިން ފެށިގެން އޮންނާނީ ހުޅުދޫ ”ބޮމާފަންނު“ ސަރަހައްދުގައެވެ.
”ދޮން އުނބަރާ ނައިޓް“ އަކީ، އައްޑޫ ސިޓީގައި ވަކިން އޮންނަ ރަށުގައި މިހާތަނަށް ބާއްވާ މި ކަހަލަ ފުރަތަމަ މިއުޒިކް ޝޯ ކަމަށާއި ވީހާ ކުލަގަދަ ގޮތެއްގައި މި ޝޯ ބާއްވަން ރާވަމުން އަންނަ ކަމުގައި ”ދޮން އުނބަރާ“ގެ ނަމުން މަޝްހޫރުވެފައިވާ ހުޅުދޫ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އާމިނަތު ޝަހުދާ (ބަހޫ) މައުލޫމާތު ދެއްވިއެވެ.
”ވަރަށް ދުވަސްކޮށްފައި ރަށަށް މި އާދެވުނީ. އެހެންވެ ރަށާއި އަތޮޅުގެ ރައްޔިތުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި މި ޝޯ މި ބާއްވަނީ،“ ބަހޫ ބުންޏެވެ.
ބަހޫ މައުލޫމާތުދިންގޮތުގައި ޝޯ ބޭއްވުމުގައި ރަށުގެ މުވައްސަސާތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެއެވެ. އަދި އެ ފަރާތްތަކަށް ހަދިޔާ ދިނުން ވެސް ޝޯގެ ތެރޭގައި އޮންނާނެ ކަން ބަހޫ ފާހަގަ ކުރިއެވެ.
މި ޝޯއަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާއިރު ރަށުގެ ޖަމިއްޔާ ޖަމާއަތްތަކާއި މުވައްސަސާތަކަށް އެކި ކަހަލަ ޑޮނޭޝަންސްތައް މިދަތުރުގެ ތެރެއިން މި އާއިލާގެ ފާރާތުން ފޯރުކޮށް ދީފައިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.