ލިޔުންތަކުގެ ޗީފް އެޑިޓަރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނަވައިގެން ހިންގަވާ ޕްރޮޕަގެންޑާ ބެލޭނެ ދުވަސް އަންނާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެންބަރު ސައީދު މިހެން ވިދާޅުވީ “ރިލްވާންގެ މައްސަލަ ނުބަލަން ރައީސް ޔާމީން، އުމަރު ނަސީރަށް އެންގި” މި ސުރުހީގެ ދަށުން ރާއްޖެ އެމްވީގައި ޝާއިރުކުރި ހަބަރަކަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ.
ސައީދު ވިދާޅުވިގޮތުގައި އެފަދަ މައްސަލަތައް ސަރުކާރުން ސިޔާސީ ކުރަނީ އަސްލު މައްސަލަ ބެލުމަށް ނުކުޅެދޭތީއެވެ.
Liyunthakuge chief editor akah raees @ibusolih hunna vaigen hingaa propaganda ah javaabudhaaree vaanjeheyne dhuvas othee dhurakunoon InshaAllah. Sarukaarun mifadha muhimmu massala thah siyaasee kuranee hageegee massala belumah nukulhedheythee https://t.co/nZbHQl6o4G
— Mohamed Saeed (@em_saeed) August 4, 2021
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މައްސަލަ ނުބަލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދުވަހަކުވެސް ނާންގާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އުމަރު ހާމަކުރެެއްވިގޮތުގައި އެ މައްސަލަ ނުބެލުމަށް ނުވަތަ ހުއްޓާލުމަށް ރައީސް ޔާމީން ދުވަހަކުވެސް އޭނާ ގާތު ވިދާޅެއް ނުވެއެވެ.