ޚަބަރުސިޔާސީ

އެމްއޭސީއެލް މިހާރު އޮތީ ފުނޑުފުނޑު ވެފަ: ކެޕްޓަން އަމީން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މިހާރު އޮތީ ފުނޑުފުނޑުވެފައި ކަމަށް އެކުންފުނީގެ ކުރީގެ ބޯޑު މެންބަރު އަދި އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ކުރީގެ ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ކެޕްޓަން އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުންގެ އުސޫލުތައް ނުހިފެހެއްޓި، ކުންފުނީގެ އޮޕަރޭޝަންތައް މަސްހުނިވެ، ހިދުމަތް ދިނުމަށް ބުރޫ އަރާފައިވާކަމަށެވެ. އެކަމުގެ ނަތީޖާއެއް ކަމަށް އަމީން ފާހަގަކުރެއްވީ މަސައްކަތަށް ގާބިލު ދިވެހިން ބޭރުކޮށް، ބޭރު ބައެއްގެ އަތްމައްޗަށް ކުންފުނީގެ މަސައްކަތްތައް ހަވާލު ކުރުމެވެ.

”މި ސަރުކާރުގެ ޕޮލިސީތަކުގެ ސަބަބުން ދައުލަތުގެ ހުރިހާ އިންސްޓިޓިއުޝަން ތަކެއް ހަލާކު ވެއްޖެ.“ އަމީން ވިދާޅުވިއެވެ.

އެމްއޭސީއެލްގައި އެމްޑީއެއް ނެތްތާ ދެ އަހަރަށްފަހު އެ މަގާމަށް އައްޔަން ކުރީވެސް ބޭރު މީހެކެވެ. އޭނާ އަކީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓީވާޓް އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button