ޚަބަރުސިޔާސީ

ރައީސް މައުމޫނާއި ރައީސް ނަޝީދުވެސް ދެން އެއްޗެއް ވިދާޅުވާންވާނީ ދިރާސާއަކުން: ޑރ.ޖަމީލު

ޔޯގާ މައްސަލާގައި އިލްމުވެރިންގެ ބަސް ވެސް އޮތީ ދިރާސާއަކަށް ބިނާކޮށްފައި ކަމަށާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ޔޯގާ މައްސަލާގައި އެއްޗެއް ދެން ވިދާޅުވާން ޖެހޭނީ ދިރާސާއެއް ކުރުމަށް ފަހުގައި ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ ޔޯގާ މައްސަލާގައި ރާއްޖޭގެ 104 ދީނީ އިލްމުވެރިއަކު ވެގެން ދިރާސާއެއް ކުރެއްވުމަށް ފަހު ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާންކަމެއް ކަމަށް ބުނެފައިވަނިކޮށް ރައީސް މައުމޫނާއި ރައީސް ނަޝީދު، ޔޯގާއަކީ ހަރާމް ކަމެއް ނޫން ކަމަށާއި، އެއީ ކަސްރަތެއް ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިލްމީ މައިދާނުގައި ކަން އޮންނަ ގޮތަކީ ދިރާސާގެ މައްޗަށް ބުރަވުން ކަމުގައެވެ. އަދި އަދާލަތުން ނެރެފައިވާ ފަތުވާ ކަމުނުދަނީ މާއިދާ ސޫރަތުގެ ދެ ވަނަ އާޔަތް ހަނދާން ނައްތާލާފައިވާތީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އާއި މައުމޫން ވަނީ ޔޯގާއަކީ ކުރެވޭނެ ކަމެއް ކަމަށާއި، އެކަން ހަރާން ވާނެ އެއްވެސް ގޮތެއް ފެންނަން ނެތްކަމަށް ވިދާޅުވެފައެވެ. އެކަމަކީ ކަސްރަތެއް ކަމަށާއި އެހެންކަމުން އެއީ އެއްވެސް މައްސަލައެއް ނޫކަމަށްވެސް ވިދާޅުވިއެވެ. އަދި ޔޯގާ އަކީ ޝިރުކެއް ނޫން ކަމަށާއި ވަކި ބަޔަކަށް އެކަން ހަރާން ވަނީކަމަށް ވެސް އެ ދެބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button