ޚަބަރު

މާލެ ސިޓީ ކައުންސިލުން ވޮލީ މުބާރާތެއް ބާއްވަނީ

މިއަހަރު ރޯދަ މަހު މާލެ ސިޓީ ކައުންސިލުން ވޮލީ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ދެ ޖިންސްގެ މީހުންނަށް ”މާލެ ސިޓީ ކައުންސިލްގެ ޕާކް ވޮލީބޯޅަ މުބާރާތް 2022“ ގެ ނަމުގައި ބާއްވާ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމްތަކަށް މި މަހުގެ 27 އާ ހަމައަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މުބާރާތުގައި ބައިވެރިކުރާނީ ކޮމިޝަނާ އޮފް ސްޕޯޓް ރަޖިސްޓްރީކޮށްފައިވާ ކުލަބުތަކާއި ޖަމްއިއްޔާތައް ކަމަށެވެ.

މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަކީ އެއް ވަނަ ޓީމަށް 45،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް، ދެވަނަ ޓީމަށް 25،000ރ. އާއި ސެޓްފިކެޓް، ތިން ވަނަ ޓީމަށް 15،000ރ. އާއި ސެޓްފިކެޓް، ހަތަރު ވަނަ ޓީމަށް 10،000ރ. އާއި ސެޓްފިކެޓް އަދި ފަސް ވަނަ ޓީމް 5،000ރ. އާއި ސެޓްފިކެޓެވެ.

ވޮލީ މުބާރާތެއްގެ އިތުރުން މަދަހަ މުބާރާތަކާއި ގުރުއާން މުބާރާތެއްވެސް މި ރޯދަމަހު ބޭއްވުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button