ޚަބަރުސިޔާސީ

ޕޮލިސް ސްޓޭޝަނެއްގައި އަނިޔާކުރި އަންހެންމީހާ އާއި ދެކޮޅަށް މައްސަލައެއް ބަލަމުންދަނީ

ޕޮލިސް ސްޓޭޝަނެއްގައި އަންހެނަކަށް އަނިޔާކުރި ކަމަށް މީސްމީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއާއި ގުޅިގެން އެކަމުގެ ހަގީގަތް އޮޅުންފިލުވައިދިނުމަށް ފުލުހުން ނޫސްބަޔާނެއް ނެރެފިއެވެ.

މި ނޫސްބަޔާނުގައި ޕޮލިހުން ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގައި މަސްތުވާތަކެތި އަދި ޖަމާއަތް ހަދައިގެން ކުށްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، 2022 އޮކްޓޯބަރ 14 ވަނަ ދުވަހުގެ ރޭ ހުޅުމީދޫގައި ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު މަގުމަތިން ފެނުނު 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރިގޮތުން މަސްތުވެގެން ހުރިކަމަށް ތުހުމަތު ކުރެވޭތީ ހުއްޓުވައި ސުވާލުކޮށްފައިވާނެކަމަށެވެ. އަދި ފުލުހުން އޭނާއާ ސުވާލު ކުރަމުންދިޔައިރު 35 އަހަރުގެ އަންހެނަކު ވަނީ ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭނެ ކަމަށްބުނެ ފުލުހުންނާ އަދި ހުއްޓުވި 37 އަހަރުގެ މީހާއާ ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށްހުރަސް އެޅޭގޮތަށް މަސައްކަތް ކޮށްފައިވާ ކަމުގައެވެ.

މީގެއިތުރުން، ފިރިހެންމީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމުން، އެ އަންހެން މީހާވެސް ވަނީ ޕޮލިސް ސްޓޭޝަނަށް ވަދެ، އަޑުގަދަކޮށް އެ ފިރިހެން މީހާ ދޫކޮށްލުމަށް ގޮވާލާ މަސްލަހަތު ނަގާލާފައިކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ. އަދި، މި އަމަލުތައް ހުއްޓާލައި ސުލްހަވެރިކަމާއެކު ޕޮލިސް ސްޓޭޝަނުން ބޭރަށް ނުކުތުމަށް އަންހެން މީހާއަށް އެންގުމުން އެކަމަށް އިންކާރުކޮށްފައިވާތީ ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރުގެ ތެރެއިން، ސްޓޭޝަނުން އެ މީހުން ނެރުމަށް މަސައްކަތްކޮށްފައިވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މިގޮތުން، އެ މީހުން ނެރުމަށް މަސައްކަތްކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވާކަމަށާއި މިކަމުގެ ތެރެއިން އަންހެން ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށްވެސް ވެއެވެ. މިހެންކަމުން، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާ މައްސަލަ ފުލުހުންގެ ހިދުމަތަށް ދަނީ ބަލަމުންކަމާއި އަދި މިކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތުހޯދައި، ކަން ހިނގާދިޔަ ގޮތްވެސް ފުލުހުންގެ ހިދުމަތުން ބަލަމުންދާވާހަކަ ބަޔާންކޮށްފައިވެއެވެ.

މި މައްސަލާގެ ސަބަބުން ފުލުހުންގެ ހިދުމަތަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދެއެވެ. އެގޮތުން، ފުލުހުންގެ އިދާރާއަށް ވެއްދުމަށްފަހު އަނިޔާކުރާކަމާއި، ތަޅަންވެސް ތަޅާކަމާއި، އެތަނެއްގައި ތިބޭ ހުރިހާ ފުލުހުންވެގެން ފުރައްސާރަކުރާކަމާއި، މިކަމަށް ޤާނޫނީ ބާރޭ ކިޔެނީ ކިހިނެއް ކަމަށް ސުވާލު އުފައްދާފައިވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button