ޚަބަރުސިޔާސީ

އައްޑޫ ސިޓީއާ އިރުމަތި އެފްރިކާގެ ގައުމުތައް ކަނޑުމަގުން ގުޅާލަން އެބަޖެހޭ: ރައީސް ނަޝީދު

އައްޑޫ ސިޓީއާ އިރުމަތި އެފްރިކާގެ ގައުމުތައް ކަނޑުމަގުން ގުޅާލުމަކީ އައްޑޫއަށް އެންމެ ރަނގަޅު ގޮތް ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ”ފްރެންޑްސް އޮފް ހުޅުދޫ ވިތް ސްޕީކާ އޮފް ޕާލިމެންޓް“ މި މައުޟޫގައި ކްލަބް ހައުސްގެ އައްޑޫ ވޮއިސް ގްރޫޕުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވިގޮތުގައި ކެންޔާގެ އެންމެ ބޮޑު ބަނދަރު އޮންނަ މޮމްބާސާ ސިޓީ، ޓެންޒޭނިއާގެ ދާރުއްސަލާމް އަދި ސޯމާލިއާގެ މުގައްދިސަކީ ޒަމާނުއްސުރެ އައްޑޫ ވިޔަފާރިވެރިން ދަތުރުކޮށް އުޅުނު ތަންތަން ކަމަށެވެ.

”އެމްޑީޕީއިން އަބަދުވެސް ދެކުނީ އައްޑޫގެ ބަނދަރު ވަކި ކުންފުންޏަކުން ތަރައްގީ ކުރަން ޖެހޭކަން.“ ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި އިރުމަތި އެފްރިކާގެ ގައުމުތަކާއި އައްޑޫއާއި ދެމެދު ކަނޑުދަތުރު ކުރުމަކީ އައްޑޫގެ ތަރައްގީއަށް ނުނަހު ބޭނުންތެރި ކަމެކެވެ. އަދި އައްޑޫ ބަނދަރުގެ ބޭނުންކުރަން އެންމެ ރަނގަޅު ގޮތަކީ އެ އަތޮޅާއި އިރުމަތީ އެފްރިކާ ގުޅާލައިގެން ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button