ޚަބަރުސިޔާސީ

އެމްއާރުއެމުން ޕީޕީއެމާ ގުޅުމުގެ ޝައުގެއް ނެތް!

ޕީޕީއެމާ ގުޅުމުގެ ޝައުގެއް ނެތް ކަމަށް އެމްއާރުއެމުން ބުނެފިއެވެ.

އިދިކޮޅުގެ “މިނިވަންކަމުގެ ދިފާއުގައި” ކެމްޕެއިނުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށް ދިން ދައުވަތުގެ ތެރެއިން އެމްއާރުއެމަށްވެސް ވަނީ ރަސްމީކޮށް ދައުވަތު ދީފައެވެ.

ޕީޕީއެމުން މީގެ ކުރިން ބުނީ ޕީޕީއެމުން ކުރި ޓުވީޓެއްގައި ބުނީ ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ “މިނިވަންކަމުގެ ދިފާޢުގައި – ދިވެހީން” ކެމްޕެއިނާއި ގުޅުމުގެ ދައުވަތު އެމްއާރުއެމަށް ދޭ ކަމަށެވެ.

މިކަމާ ގުޅިގެން އެމްއާރުއެމުން މިއަދު ބުނީ ގައުމުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް، އެފަދަ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާކަން ޕީޕީއެމް ޕީއެންސީއަށް އަންގާފައިވާނެ ކަމަށެވެ.

”އެމްއާރުއެމް އަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް. ކޯލިޝަނުން ވަކިވެގެން ގައުމީ މަސްލަހަު ގެއްލޭ ކަމެއްގައި މި ޕާޓީއިން ބައިވެރިއެއް ނުވާނެ.“ އެމްއާރުއެމުން ބުންޏެވެ.

މި ކެމްޕެއިނާއި ގުޅުމުގެ ދައުވަތު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް އިދިކޮޅުން އިއްޔެ ވަނީ ފޮނުވާފައެވެ. އެމއ

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button