ޚަބަރު

ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ފާތިހު ފިޔަވައި 4 މީހަކަށް ދައުވާ ކުރަން ފޮނުވައިފި!

މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަށް އަމާޒުކޮށް މެއި 6 ގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ކުރި ފުލުހުންގެ އިންޓެލް އެއް ކަމަށްވާ ލ.ގަން ދުންފިނި އުފާ އަހުމަދު ފާތިހު ފިޔަވައި އެންމެނަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 4 މީހަކަށް ދައުވާ ކުރަން ނިންމާފައިވާކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ޖުމްލަ 15 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރީ ފަސް މީހުނެވެ. އެއީ ވ. ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދުއާއި، މއ. ފޭރުގެ މުޖާޒް އަހުމަދުއާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުއާއި، ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމެވެ. އަދުހަމަކީ އަތަމާ ޕެލެސް ގޯޅީގައި ހުރެގެން ބޮން ގޮއްވާލި މީހާއެވެ. ތަހުމީނަކީ ހަމަލާދިނުމަށް ބޭނުން ކުރި ސައިކަލުގެ ވެރި ފަރާތެވެ. ހައިޝަމަކީ ބޮން ހަރުކޮށްދިނުމުގައި އުޅުނު މީހާއެވެ. މުޖާޒަކީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލުވި މީހާއެވެ. އަދި ފާތިހުއަކީ މުޖާޒްގެ ގާތާށް އަދުހަމް ގެންގޮސް ދިން މީހާއެވެ.

އެފަހުން ހައްޔަރު ކުރީ ހއ.ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމެވެ. އޭނާ ހައްޔަރު ކުރީ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައެވެ. ތަސްލީމަށްފަހު ހައްޔަރު ކުރީ މ.ކުދުހިގެ އިސްހާގް، އއ.މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، ގއ.ވިލިނގިލި ހުދުރުމާގެ ފަހުމީ އަލީ، އަދި ހއ.މޮޅަދޫ ބަހާރުގެ އަބްދުﷲ އަލިމަނިކެވެެ.

އަބްދުﷲ އަލިމަނިކަކީ ޖަލު ހުކުމެއްގައި ހުއްޓާ ވަރަށް ފަހުން ދޫކޮށްލި މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button