ޚަބަރު

ޕީޖީ އޮފީހުގެ ކޮރަޕްޝަން މައްސަލައެއް ބަލައިދިނުމަށް އޭސީސީއަށް ހުށަހަޅައިފި

”އެވިޑެންސް ބޭސްޑް ޑިޒިޝަން މޭކިންގ އިން ދަ ކްރިމިނަލް ޖަސްޓިސް ސިސްޓަމް އޮފް މޮލްޑިވްސް“ ޑޭޓާ ބޭސް މެނޭޖްމެންޓް ސިސްޓަމެއް ތަރަށްގީ ކުރުމަށް ބަޔަކާއި ހަވާލުކުރުމުގައި ޕީޖީ އޮފީހުން ކޮރޮޕްޝަން ހިންގާފައިވާ ކަމަށް ބުނެ އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި ޓޭޓާބޭސް ސިސްޓެމް ހެދުމަށް އެޓާނީ ޖެނެރަލް އޮފީހުން އިއުލާނު ކޮށްފައިވަނީ 25 އޮގަސްޓް 2021 ގައެވެ. މި ސިސްޓެމް ތަރަށްގީ ކުރުމަށް 3 ކުންފުންޏަކުން ވަނީ ޝައުގު ވެރިކަން ފާޅު ކޮށްފައެވެ. އެ ތިން ކުންފުންޏަކީ:

1- ޖަވާބު ޕްރައިވެޓް ލިމިޓެޑް

2- އެޗެސް ޕްރައިވެޓް ލިމިޓެޑް

3- ސިސްޓަމް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް

ހުޝަހަޅާފައިވާ އަންދާސީ ހިސާބުތަކަށް ބެލުމަށްފަހު ޕީޖީ އޮފީހުން ސިސްޓަމް ޑިވެލޮޕް ކުރުމަށް ހަވާލު  ކޮށްފައިވަނީ ޖަވާބު ލިމިޓެޑް ޕްރައިވެޓް ލިމިޓެޑާއެވެ.

ނަމަވެސް ކުންފުނިތަކުން ހުށަހަޅާފައިވާ ހިސާބުތަކަށް ބަލާއިރު ޖަވާބު ޕްރައިވެޓް ލިމިޓެޑަކީ ސިސްޓެމް ހެދުމަށް އެންމެ ބޮޑު އަގު ހުށަހެޅި ފާރާތެވެ. އެގޮތުން އެ ކުންފުނިން ހުށަހަޅާފައިވަނީ 2،119،999.42 ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެޗެސް ޕްރިވެޓް ލިމިޓެޑުން މަސައްކަތަށް ހުޝަހަޅާފައިވަނީ 1،984،320 ރުފިޔާއަށް 90 ދުވަހުގެ ތެރޭގައި ސިސްޓަމް ޓަރަށްގީ ކޮށް ނިންމުމަށެވެ. ދެން އިން ސިސްޓަމް ސޮލިއުޝަން ޕްރިވެޓް ލިމިޓެޑަކީ މި ސިސްޓްމް ތަރަށްގީ ކުރުމަށް އެންމެ ކުޑައަގެއް ހުޝަހެޅި ކުންފުންޏެވެ. އެގޮތުން އެ ކުންފުނިން ހުޝަހަޅާފައިވަނީ 1،759،422 ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި މަސައަކަތް ނިންމާގޮތަވެ.

މި މައްސަލަ އާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރުމަށްޓަކައި ޕީޖީގެ މީޑިއާ އޮފިޝަލާއި ގުޅާލުމުން އެ ފާާރާތުން ބުނީ މައުލޫމާތު ހޯދާލުމަށްފަހު ހިއްސާކުރައްވާނެ ކަމުގައެވެ. އަދި އޭސީސީގެ މީޑިއާ އޮފިޝަލު ވެސް ވިދާޅުވީ އެ ފަދައިންނެވެ.

މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ”ބޮންތި“ އިން  ކުރިއަށް ހުރި ހަބަރުތަކުގައި ގެނެސް ދެވޭނެއެވެ.

One Comment

  1. މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީ އޭޖީ އޮފީހުންނޭ؟ ޕީޖީ އޮފީހުގެ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އޭޖީ އޮފީހުންތަ އިޢުލާންކުރަނީ؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button