ޚަބަރުސިޔާސީ

ތަފާސްހިސާބު ބަލަހައްޓައިދޭ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި

ޗީފް ސްޓެޓިސްޓީޝަން ނުވަތަ ތަފާސްހިސާބު ބަލަހައްޓައިދޭ އެންމެ އިސް ވެރިޔާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު (ގާނޫނު ނަންބަރު: 16/2021) ގައިވާގޮތުގެ މަތީން ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 އޮގަސްޓު 10 އަދި 11 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުން ލިބޭނެއެވެ. އަދި،
އެ އޮފީހުގެ ވެބްސައިޓު، www.presidency.gov.mv އިން ޑައުންލޯޑްވެސް ކުރެއްވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button