ޚަބަރުދުނިޔެ

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ފެންނަނީ އެކި ލިޔުމުގައި އެކި މިންވަރަށް

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު، ޚާރިޖީ ވުޒާރާއާއި ދިފާއީ ވުޒާރާގައި ހުރި އެކި ލިޔެކިޔުންތަކުގައި ހުރީ އެކި އަދަދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ބެލުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެގޮތުން ޚާރިޖީ ވުޒާރާއާއި ދިފާއީ ވުޒާރާގައި ހުރި ލިޔެކިޔުންތަކަށް ބެލިއިރު، އެކި ލިޔުންތަކުން ފެންނަނީ އެކި އަދަދުތައް ކަމަށް ވިދާޅުވިއެވެ. ބައެއް ލިޔެކިޔުންތަކުން 77 ސިފައިން ތިބިކަމަށް ފެންނައިރު، 89 ސިފައިން ތިބިކަމަށް ފެންނަ ލިޔުންތައް ވެސް ހުރިކަމަށްވެއެވެ.

އެ އަދަދުތަކަށް ވުރެ އިންޑިއާ ސިފައިންގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ޤަބޫލުކުރައްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރުވެސް ކުރިއަށްދަނީ އެ ސިފައިންގެ އަދަދު ދެނެގަތުމުގެ މަސައްކަތްކަމަށެވެ.

އިތުރަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ކުރިއަށްގެންދަވާނެ ކަމަށާއި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ދިވެހި ރައްޔިތުންގެ ނިންމުމެއް ކަމުގައި އިންޑިއާގެ އިސްވެރިން އަރިހުގައި ވިދާޅުވެފައިވާ ކަމަށާއި، އެ ނިންމުމަށް އިހުތިރާމުކުރާނެ ކަމުގައި އިންޑިއާއިން ބުނެފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button