ޚަބަރުސިޔާސީ

އިދިކޮޅުގެ ”މިނިވަންކަމުގެ ދިފާއުގައި“ ކެމްޕެއިނުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފި

އިދިކޮޅުގެ ”މިނިވަންކަމުގެ ދިފާއުގައި“ ކެމްޕެއިނުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފިއެވެ.

ޕީޕީއެމުން ކުރި ޓުވީޓެއްގައި ބުނީ ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ ”މިނިވަންކަމުގެ ދިފާޢުގައި – ދިވެހީން“ ކެމްޕެއިނާއި ގުޅުމުގެ ދައުވަތު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް އަރުވާ ކަމަށެވެ. އެކަމަކު ސަރުޚާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް މި ކެމްޕެއިނުގައި ބައިވެރިވުމަށް ދައުވަތު ދީފައެއް ނުވެއެވެ.

”މި ކެމްޕެއިނާއި ގުޅުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދުވަނީ ފޮނުވާފަ.“ ޕީޕީއެމުން ބުނެފައިވެއެވެ.

އިދިކޮޅުގެ މި ހަރަކާތަކީ އިންޑިއާ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިންނާއި އެ ގައުމުގެ ޖާސޫސޫން ރާއްޖޭގައި ހަރަކާތްތެރިވަމުން ދާ ދަނޑިވަޅަކާ ދިމާކޮށް ހިންގޭ ހަރަކާތެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button