ޚަބަރުސިޔާސީ

ރައީސް ޔާމީނަށް ޝަރީއަތް ކޮށްގެން އެމްޑީޕީގެ ތާއީދުވެސް ދެން ރައީސް ސޯލިހަށް ނުލިބޭނެ: ސެންބެ

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމާޒުކޮށް ފުލުފުލުގައި ޝަރީއަތް ކުރިޔަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ތާއީދު ނުލިބޭނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވެއްޖެއެވެ.

ސެންބެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ޝަރީއަތަކީ އިންސާފުން ބޭރުން ކުރެވޭ ކަމެކެވެ.

”މެނިފެސްޓޯ މަތިން ހަނދާން ނެތި ކޯލިޝަން އެކީ ބަގުޑި ބެއްދިޔަސް ލިބޭނެ ވެރިކަމެއް އިތުރަކަށް ނެތް.“ ސެންބެ ވިދާޅުވިއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އުފުލާފައެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑާ ކުރިކަމުގެ ދެ ދައުވާއެވެ. އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމެއް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔައެވެ. މިއަދުގެ އަޑު އެހުމުގައި އޮތީ ދައުލަތާއި ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކި ހުށަހެޅުމެވެ. އެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުމެއް ދެން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button