ޚަބަރުސިޔާސީ

ރައީސް ސޯލިހަކީ ފިކުރެއް ނޫން: ޝިޔާމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ފިކުރެއް ނޫން ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދް ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މިއަދު ޕީޕީއެމްގެ އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޝިޔާމް ވިދާޅުވީ ރައީސް ސޯލިހަކީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފިކުރުގެ ތެރެއިން ވެރިކަމަށް ވަޑައިގަތް ބޭފުޅެއްކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ ވެސް މިހާރު ފިކުރެއް ނޫން ކަމުގައެވެ. އަދި މިހާރު ޖޭޕީ އަކީ އެމްޑީޕީގެ ނާތަހުޒީބު ސިޔާސަތުގެ ތެރޭގައި އޮތް ޕާޓީ އެއްކަން ވެސް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

މީގެ ކުރިން ޝިޔާމް ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ( ކާނަލް ނާޒިމް ) އުފައްދަވަން އުޅުއްވާ ސިޔާސީ ޕާޓީ އަކީ ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން އުފައްދަވާ ޕާޓީ އެއްކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button