ރައީސް މާލެ ވަޑައިގެންފި!

ޔޫ.އޭ.އީގެ ދުބާއީއަަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މާލެ ވަޑައިގެންފިއެވެ.
ރައީސް ސޯލިހު ދުބާއީއަށް ވަޑައިގެންނެވީ މިމަހުގެ 27 ވަނަ ދުވަހުގައެވެ.
ރައީސް ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ވަޑައިގެންފައެވެ. އެފަހަރު ވަޑައިގެންނެވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް ނިޔާވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ.
އީދު ބަންދުގައި ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ވަނީ ބައްދަލު ކުރެއްވިއެވެ. އަދި ކޯވިޑް-19 އިން އަރައިގަތުމަށް ދެ ރައީސުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ބޮޑަށް ދެއްކެވީ ވެކްސިން ދިނުމުގެ މުހިންމު ކަމުގެ ވާހަކަފުޅެވެ.