ޚަބަރުސިޔާސީ

އެއްގަމާ، ކަނޑާ، ވައިގެމަގުން ގައުމު ދިފާއުކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ގާއިމްކުރާނަން: ރައީސް މުއިއްޒު

އެއްގަމާ، ކަނޑާ، ވައިގެމަގުންވެސް ގައުމު ދިފާއުކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ރާއްޖޭގައި ވަރުގަދަކުރަން ޖެހޭ ކަމަށާއި، އެކަން ތަންފީޒުކުރައްވާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދާދި ދެންމެއަކު ރިޔާސީ ބަޔާން އިއްވަވައި ރައީސް ވިދާޅުވީ އެކަން ކުރައްވަން ފައްޓަވައިފި ކަމުގައެވެ. އަދި ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމްކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގައުމުގެ މިނިވަންކަމާ އިސްތިޤްލާލު ރައްކައުތެރިކުރުމާއެކު، ގައުމުގެ ކަންކަން ހިންގުމުގައި އަޅުގަނޑުމެން ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާ ދިވެހި ގައުމަށް އިސްކަން ދިނުން ނުވަތަ ’ޕްރޯ މޯލްޑިވްސް‘ ގެ ސިޔާސަތު.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަސްކަރީގޮތުން އަވަށްޓެރި ގައުމުތަކުން ދޭ އެއްބާރުލުން ފާހަގަކުރެއްވައި ރައީސް ވަނީ ދިވެހި އަސްކަރިއްޔާގެ ވަސީލަތްތައް ވަރުގަދަ ކުރުމަކީ ދިވެހިންގެ ސަލަމާތާއި ރައްކާތެރިކަމަށް ކޮންމެހެންވެސް މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button