
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު 09:00 ގައި ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.
މަނީ ލޯންޑާ ކުރިކަމަށް ކަނޑައަޅައި، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އުފުލަނީ އިތުރު ދެ ދައުވާއެކެވެ. އެއީ ރިސޯޓުގެ ގޮތުގައި ރ.ފުއްގިރި ތަރައްގީ ކުރަން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް، ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތު ކުރެވޭ ދައުވާއެވެ.
މި ދެ ދައުވާގެ އަޑުއެހުމެއް މެއި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށްވެސް ތާވަލު ކުރެވުނެވެ. އެކަމަކު ޔާމީންގެ އެދިވަޑައިގަތުމަށް އެދުވަހުގެ އަޑުއެހުން ކެންސަލް ކުރީއެވެ.