ޚަބަރުސިޔާސީ

ޕްރައިމަރީ އަކާ ނުލާ ރައީސް ސޯލިހަށް ޓިކެޓު ލިބޭ މާއްދާއެއް އެމްޑީޕީ އަސާސީ ގަވައިދުގައި ނޯންނާނެ: ވަހީދު

ޕްރައިމަރީ އަކާ ނުލާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއްގެ ރިޔާސީ ޓިކެޓް ލިބޭ މާއްދާއެއް އެމްޑީޕީގެ އަސާސީ ގަވައިދުގައި ނޯންނާނެ ކަމަށް އެޕާޓީގެ ގައުމީ މަޖިލިސް މެންބަރު އަދި ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.

ވަހީދު މިހެން ވިދާޅުވީ ”އަލަށް އުފައްދާ ޕާޓީތަކަށް ކުރިއަށް ދެވިދާނެތަ؟“ މި ސުރުހީގެ ދަށުން ރާއްޖެ އެމްވީގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި އެމްޑީޕީގެ ކެންޑިޑޭޓަކު ރައީސް ކަމަށް ހޮވިއްޖެނަމަ، ދެވަނަ ދައުރެއްގެ ޓިކެޓް އެ ބޭފުޅަކަށް ކަށަވަރުވާނެ ކަމަށް ބުނުމާ ގުޅިގެންނެވެ. އެ ރިޕޯޓުގައިވާގޮތުން ދެވަނަ ދައުރެއްގެ ޓިކެޓް ރައީސް ސާލިހު މިހާރު އޮތީ ކަށަވަރުކުރައްވާފައެވެ.

މިކަމަށް ރައްދު ދެއްވައި އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެއްޖެގައި ވަހީދު ވިދާޅުވީ ރާއްޖެ އެމްވީ އަކީ ހުސް ދުގޮ ފަތުރާ ބައެއް ކަމަށް ވިދާޅުވެފައެވެ. ވަހީދަކީ އެމްޑީޕީގެ އަސާސީ ގަވައިދު އިސްލާހު ކުރި ކޮމެޓީގެ މެންބަރެކެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގެ ސަފްހާ ނަންބަރު 29 ގެ 100 ވަނަ މާއްދާގައި ވަނީ އިންތިހާބުތަކުގައި ޕާޓީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓުން ހޮވާ ގޮތް ބަޔާންކޮށްފައެވެ. އެ މާއްދާގައިވާގޮތުން ގައުމީ އިންތިހާބުތަކުގައި ކެނޑިޑޭޓަކު ހޮވާނީ އެޕާޓީގެ ހުރިހާ މެންބަރުންގެ މެެދުގައި ހުޅުވާލެވޭ އިންތިހާބަކުން އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ. އަދި އެގޮތަށް ބާއްވާ އިންތިހާބުގެ ކަންކަން އިންތިޒާމްކޮށް ބަލަހައްޓާނީ ގައުމީ މަޖިލީހުން އިންތިހާބު ކުރާ 5 މެންބަރުންގެ ކޮމެޓީއަކުންނެވެ.

އެމްޑީޕީ ތެރެ ދެފަޅިވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ސޯލިހާއި ދެމެދު ސިޔާސީ ހޫނު ހަނގުރާމައެއް ވަނީ ފެށިފައެވެ.

 

3 Comments

  1. އަންނި އެކޭ މައުމޫނެކޭ ނެތްތަފާތެއްއެއީ މިހާރު ސިޔާސީގޮތުން އުރައްޕަތެއް ތަރުހީބެއް ކުރިން އޮތްވަރާ ގާތަށްވެސް އޮތްބައެއްނޫން

Leave a Reply to ސަލާހް Cancel reply

Your email address will not be published. Required fields are marked *

Back to top button