
މިމަހުގެ ކަރަންޓު ބިލު ބޮޑުވީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ދެމުންގެންދިޔަ ސަބްސިޑީ ބިލުގައި ހިމަނާފައި ނުވާތީ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އޮންލައިން ނޫހެއް ކަމަށްވާ ”ވޮއިސް“ އަށް މައުލޫމާތު ދެެއްވަމުން ސްޓެލްކޯގެ ކަސްޓަމާ ސާވިސް ހުސެއިން ފަހުމީ ވިދާޅުވީ ޖޫން މަހަށްވުރެ ޖުލައި މަހުގެ ބިލު ބޮޑުވާނެ ކަމަށެވެ.
ގޭބިސީތަކުގެ ކަރަންޓު ބިލުން 40% އަދި ފެން ބިލުން 30% ގެ ޑިސްކައުންޓެއް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެކަމަކު އެއީ ޖޫން މަހަށް އެކަންޏެވެ.
”ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީތައް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ކުރިޔަށް އޮތް ތަނުގައި ކޮވިޑުން ސަލާމަތްވުމަށްޓަކައި ކުރިޔަށް ގެންދާން.“ ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިނަމަވެސް ޖޫން މަހުގައި ދިން ލުއިތައް ފިޔަވައި އިތުރު ލުއިތަކެއް ދީފައެއް ނުވެއެވެ.
މިކަމާ ގުޅިގެން މާޅެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭ ވަރަށްވުރެ ބޮޑު ބިލެއްކަމަށެވެ.
”ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭގޮތް މިވަނީ ވެފައި.“ މުއިއްޒު ވިދާޅުވިއެވެ.
ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ކަރަންޓު ބިލް ދައްކަން ޖެހިފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއް! ޙާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ޙާލުގައި ޖެހޭގޮތް މިވަނީ ވެފައި. ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން މިވަނީ ޖެހިފައި.
— Dr Mohamed Muizzu (@MMuizzu) July 29, 2021
މުއިއްޒުގެ މި ޓުވީޓަށް ރައްދު ދެއްވައި އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މިއަދު ރައްޔިތުންނަށް ޖެހޭ އުނދަގުލާ، ތަކުލީފަކީ ހައުސިންގެ މިނިސްޓަރު ކަމުގެ މަގާމުގައި މުއިއްޒު ހުންނެވި ދުވަސްވަރު ކަން ކުރެއްވި ގޮތުގެ ސަބަބުން ވާގޮތެއް ކަމަށެވެ.
”އެކަން އެގޮތައް ދިމާމިވަނީ މަނިކުފާނު އިން ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިސާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން. އިރާދަފުޅުން މާދަމައަކީ މާރަގަޅުދުވަހަކަށް ހަދާނަން.“ އަލީ އާޒިމް ވިދާޅުވިއެވެ.
މެންބަރު އަލީ އާޒިމްގެ ޓުވީޓުގައި މުއިއްޒު މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ނިންމީ ކޮން ދެކޮޅު ނުޖެހޭ އިގްތިދާސީ ނިންމުމެއް ކަމެއް ވިދާޅެއް ނުވެއެވެ.
މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް.
އެކަން އެގޮތައް ދިމާމިވަނީ މަނިކުފާނު އިން ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޟާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން.
އިރާދަފުޅުން މާދަމައަކީ މާރަގަޅުދުވަހަކަށް ހަދާނަން. https://t.co/ladHlMzcWe— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) July 29, 2021
ކަރަންޓުގެ އަގު ބޮޑުވެފައިވާތީ އާންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Alhugandu men geyge apartment ahves 7000 ah vureh mathin araafa ekam aamukoh araneee 3000 Mee kihineh vaa kamehthoa adhi mikamah halleh hoadheyne baa @MMuizzu https://t.co/3x3b64qtfK
— Shahyd Legacy (@ShahydLegacy) July 29, 2021
ހޯދާ ކުރިއެރުމާ ޒަމާނީ ވަޞީލަތާއެކު ކަރަންޓު ބިލު އެއްމަހުން އަނެއް މަހަށް މިވަނީ ބޮޑު! ކޮވިޑް %40? @STELCOMALDIVES https://t.co/N98G1sNSKO pic.twitter.com/T1oqgMA1Kh
— H.Nafaz (@cen88zafan) July 29, 2021