ޚަބަރުސިޔާސީ

ގައުމު ނާމާން ކަމެއްގެ ތެރޭގައި އޮތް އިރު މަައުމޫނު ހުންނެވީ އަތް ޖައްސަވަން: މުހައްމަދު އިސްމާއިލް

ރާއްޖެ ނާމާން ކަމެއްގެ ތެތޭގައި އޮތް އިރު ކުރީގެ ރައީސް މައުމުން އަބްދުލްގައްޔޫމު ހުންނެވީ ބައި ހައްދަވައިގެން އަތް ޖައްސަވަން ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މުހައްމަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރައީސް މައުމޫނުގެ ވިސްނުންފުޅުގައި އާއިލީ ބޭފުޅަކު ނުވަތަ ދަރިކަލަކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނެރެނީތޯ ސުވާލު ކުރައްވާފައެވެ.

ނުވަތަ އެމަނިކުފާނު އަމިއްލަފުޅަށް އިންތިހާބުގައި ވާދަ ކުރައްވަނީތޯވެސް މުހައްމަދު ސުވާލު ކުރެއްވިއެވެ.

”ރައީސް ޔާމީނާއި ދޭތެރޭ ތިޔަ ގެންގުޅުއްވާ އަނިޔާވެރި ވިސްނުން އެކަހެރި ކުރަން ޖެހޭ. އަޅުގަނޑުމެންގެ ގައުމުގެ ގައުމިއްޔަތު ނެތި ދާއިރު ބަހެއް ވިދާޅު ނުވެ، ދީނަށް ފުރައްސާރަ ކުރާއިރު ހަނު. އިންޑިއާއަށް ގައުމުގެ ބައިބައި ދެމުންދާއިރު ނުފެނޭ. މިނިވަންކަމުގެ އަލިކޮޅު ލޮލުގެ ކޮޅަށް ގޮސްފައިވާ އިރު ލޯމަރައިގެން ހުރެ، ސިޔާސީ ގޮތުން ފައިތިލަ ހަމަ ކުރަން ތިން ހަތަރު މީހުންގެ ޖަމްއިއްޔާ އަކުން ފަރަންޖީންނާއި ގުޅިގެން އުފައްދާ ސިޔާސީ ކުރިމަގު ހޯދަން އުޅޭވަރަށް ވުރެ ދޮށީވެއްޖެ ނޫންތޯ؟“ މުހައްމަދު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މައުމޫން ހުންނަވައިގެން ގައުމު ނާމާން ކަމަކަށް ސޮއްސާލާއިރު، ބައި ހައްދައިގެން އަތްޖައްސަވަން ހުންވައި، ވެރިކަމުގެ ރޭހުގެ ވާހަކަފުޅު ދެއްކުމުން އެމަނިކުފާނުގެ ނިޔަތް ސާފުވާކަން މުހައްމަދު ފާހަގަކުރެއްވިއެވެ.


މުހައްމަދު ވިދާޅުވިގޮތުގައި ރައީސް މައު،ޫން ލަދުފުޅު ގަންނަން ޖެހެއެވެ. ބެލެވޭގޮތުގައި މުހައްމަދުގެ ހޫނު ރައްދެއް މައުމޫނަށް އަމާޒުވެފައިވަނީ ދާދިފަހުން އެމަނިކުފާނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުތަކެއްގެ ސަބަބުންނެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ޖަލު ބަންދެއްގައި ހުންނަވައިގެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވިގެން ނުވާނެއެވެ. އެކަމާ ގުޅިގެން އިދިކޮޅު ގިނަ ބޭފުޅުން ވަނީ މައުމޫނަށް ރައްދު ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button