ޚަބަރުސިޔާސީ

އަކްރަމް ކަމާލުއްދީން މުސްތަފާ އަތުން ނެގި 50 ހާސް ޑޮލަރު ދައްކަން އަންގައިފި!

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ އަތުން ނެގި 50،00 ޔޫއެސް ޑޮލަރު އަނބުރާ ދައްކަން އަންގައިިފިއެވެ.

މެންބަރު މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަކްރަމް ކަމާލުއްދީން އޭނާ އަތުން އަނބުރާ ދައްކާ ގޮތަށް 50،000 ޑޮލަރު ނެގި ކަމަށެވެ. މުސްތަފާގެ ޓުވީޓުގައިވާގޮތުން އަކްރަމަށް އޭނާ ފައިސާ ދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ޗެކެއް މެދުވެރިކޮށެވެ. ޗެކު ފޮތުގެ ފޮޓޯއެއްގެ އިތުރުން މުސްތަފާ އާއި އަކްރަމްގެ ވަޓްސްއެޕް ޗެޓް ލޮގެއްގެ ފޮޓޯއެއް ވެސް އެ ޓުވީޓުގައި ހިމަނާފައިވެއެވެ.

އެ ޗެޓު ލޮގުގައި އަކްރަމް ބުނެފައިވަނީ މިއަހަރުގެ މެއި މަހުގެ 27 ގެ ކުރިން އެ ފައިސާ މުސްތަފާއާއި ހަވާލު ކުރާނެ ކަމަށެވެ. އަދި އޭގެ ކުރިންވެސް ފައިސާ ހަމަޖެހިދާނެ ކަމަށް އަކްރަމް ބުނެފައިވެއެވެ. އެހެން ނަމަވެސް މުއްދަތު ފާއިތުވެ ދިޔައިރުވެސް އެފައިސާ ދައްކާފައި ނުވުމުން މުސްތަފާ ވަނީ އަކްރަމްގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދަވާފައެވެ.

މިކަމާއި ގުޅިގެން އަކްރަމް ކަމާލުއްދީނަށް ގުޅުމަށް ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އަދި އެވަރުގެ ބޮޑު އަދަދެއް އެސްބީއައި މެދުވެރިކޮށް މުސްތަފާ އަކްރަމަށް ދިނީ ކީއްވެ ކަމެއް ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button