ޚަބަރު

ކޯވިޑު އެހީގެ ގޮތުގައި އޮސްޓްރޭލިއާއިން ރާއްޖެއަށް ކުރި ހަރަދު 9 މިލިއަން ރުފިޔާއަށް އަރައިފި

ކޯވިޑު-19 އިން ސަލާމާތްވުމަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ފޯރުކޮށްދިން އެކި އެކި އެހީތަކަށް ކުރި ހަރަދު 9 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

އޮސްޓްރޭލިއާ ސަރުކާރުން އެންމެ ފަހުން ރާއްޖެއަށް ހަދިޔާ ކުރީ 3.5 ޓަނުގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) އެވެ. މިތަކެތި ސަރުކާރާއި ހަވާލުކުރުމުގެ ގޮތުން ސްރިލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގައުމުން ރާއްޖެއަށް ފޯރުކޮށްދިން އެހީގެ ތެރޭގައި ކޯވިޑުގެ ހާލަތުން އަރައިގަތުމަށް އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބިދޭ ވަސީލަތްތައް އިތުރު ކުރުމާއި، އަންހެނުންނާއި ތުއްތު އަންހެން ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅުންހުރި ކަންކަން ހިމެނެއެވެ.

ކޯވިޑާއި ގުޅިިގެން ތަކެއްޗާއި ފައިސާގެ ހިލޭ އެހީގެ އިތުރުން ގިނަ އަދަދައްގެ ލޯނު އެހީ ސަރުކާރަށް ވަނީ ލިބިފައެވެ. އެކަމަކު ސަރުކާރަށް ލިބެމުންދާ އެހީތެރިކަން އެންމެ އެކަށޭނެ ގޮތަށް ބޭނުން ނުކުރެވޭ ކަމަށް ގިނަ އާންމުން ބުނެއެވެ. ހާއްސަގޮތެއްގައި ހިލޭ މާސްކާއި އަންގި ފަދަ ތަކެތި ނުލިބޭ މައްސަލައަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button