ޚަބަރުސިޔާސީ

ރާއްޖޭގެ މިނިވަންކަމަށް އޮތް ހުރަހަކީ ރައީސް ސޯލިހު: ޑރ.ޖަމީލް

ރާއްޖޭގެ މިނިވަންކަމަށް އޮތް ހުރަހަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ”މިނިވަން އިހުސާސް؟“ މިނަމުގައި ޗެނެލް 13 އިން މިއަދު ކުރިޔަށް ގެންދާ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ތާރީހީ ގޮތުން ރައްޔިތުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ ރައީސް ސޯލިހު އިންތިހާބު ކުރުން ކަމަށެވެ. އަދި މި ވެރިކަމަކީ ނިކަމެތި ވެރިކަމެއްގެ ގޮތުގައި ޖަމީލް ސިފަކުރެއްވިއެވެ.

”ބައްލަވާ މިއަދު ރައީސް އެ ދެއްވި ހިތާބު. މިނިވަން ދުވަހު އެބަ ދައްކަވާ މާ ބަނޑު އަންހެނުންގެ ވާހަކަ. ގަބުރުސްތާނުގަ މީހުން ވަޅުލުމުގަ ގަވައިދު ހެދުމުގެ ވާހަކަ. މިނިވަން ދުވަހު ރައީސް ވިދާޅުވެ ދެއްވަން ޖެހޭނެ ރާއްޖޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް.“ ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފުރަގަސްދޭ ވެރިއަކު ހުރެގެން ނުވާނެ ކަމަށެވެ. އެންމެ މީހެއްގެ ކަންބޮޑުވުމެއް އޮތަސް އެމީހެއްގެ ހިތަށް ތަސައްލީއެއް ހޯދައިދިނުމަކީ ރައީސްގެ މަސްއޫލިއްޔަތެއް ކަން ޖަމީލް ފާހަގަކުރެއްވިއެވެ.

”ރައްޔިތު މީހާ ބުނަނީ ކީކޭ؟ އަހަރެން ވަރަށް ކަންބޮޑުވެޔޭ ހަނިމާދޫ އޮތީ މިހެނޭ. މިވެނި ފަޅެއް އޮތީ މިހެނޭ. އައްޑޫ އަތޮޅު އޮތީ މިހެނޭ އަހަންނަކަށް ނޭނގެއޭ މިތަނުގެ ބަަނދަރުތަކާ ފަޅުތަކާ ގިރިތަކާ މިތާ ދެން ހުރި އެއްޗެހިތައް.“ ޖަމީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ގޮތަށް ހެދޭ ގޮތް ނޭނގޭ އަސްކަރީ އެއްބަސްބުވުންތަކުގެ ހަގީގަށް ހާމަ ކުރުމަށް ޖަމީލް ވަނީ ރައީސް ސޯލިހަށް ގޮވާލައްވާފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button