ޚަބަރު

ދީނާ ދެކޮޅު ފިކުރު ތަކަށް ހައްލެއް ހޯދޭނީ ތައުލީމީ ނިޒާމުގެ ތެރެއިން: ރައީސް ސޯލިހު

ދިވެހި މުޖުތަމައުއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިސްލާމް ދީނުގެ ހަރުކަށި ފިކުރު ތަކާއި އިސްލާމް ދީނަށް އިހާނެތިކޮށް ހިނގަމުން އަންނަ އަމަލުތައް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައިދެއްވި ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ މި ދެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ތައުލީމީ ނިޒާމުގެ ތެރެއިން ކަމުގައެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި ފަތުރަމުންދާ ހަރުކަށި ފިކުރު ތަކާއި ހައްދުފަހަނައެޅުމުގެ އަމަލުތަކަކީ އެއްވެސް ގޮތެއްގައި އިސްލާމް ދީނާ ގުޅުމެއް ނެތް ބާތިލް ކަންތައްތަކެއް ކަމަށެވެ.

”ދީނަށް އިހާނެތި ކުރުމުގެ އަމަލުތައް ހުއްޓުވުމަކީ ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކޮންމެ ފަރުދަކުވެސް އިސްކަން ދޭންޖެހޭނެ ކަމެއް.“ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދެ މައްސަލައިގެ ދާއިމީ ހައްލަކީ ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމެވެ. އަދި އެކަމަށް ތައުލީމީ ނިޒާމުގެ ތެރެއިން ހޯދޭނެ ހައްލަކީ ކޮބައިކަން ބަލަމުން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button