ޚަބަރުސިޔާސީ

ވެލި އަރައި ހޯރަފުށީ އެއަރޕޯޓުގެ އޮޕަރޭޝަން ހުއްޓުމުން މުހައްމަދު އިސްމާއިލް ރަތަށް!

ހޯރަފުށީ އެއަރޕޯޓުގެ ރަންވޭއަށް ވެލިއަރައި ފްލައިޓް އޮޕަރޭޝަންތައް ކެންސަލް ވުމާގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އެ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސަލީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހޯރަފުށީ ފަޅުތެރެއަށް އެއާޕޯޓު ބަދަލުކުރީ ވަކިމީހެއްގެ އަމިއްލަ އެދުމަށް ކަން އަތޮޅުގެ ހުރިހާ ރައްޔިތުން ގަބޫލްކުރާ ކަމަށެވެ.

”ހޯރަފުށި މީހެއް ކަމަށް ބުނާ އެކަމަކު ރަށުގެ އޮޔާ ވައި ދައުރުކުރާ ގޮތް ނޭނގޭ މީހަކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އަށް ލީމަ ވާނެ ހައެތި މިވަނީ.“ މުހައްމަދު ވިދާޅުވިއެވެ.

މިކަަމާ ގުޅޭ އިތުރު މައުލޫމާތު ”ބޮންތި“ ދެއްވަމުން މުހައްމަދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެމެރިކާގެ ޕޯލްސްޓަން ކުންފުނިން އައި ހެވަންގެ ޑީޓެއިލް ޑްރޯވިންގް އަދި ފީސިބިލިޓީ ހެދި އިރު، އައި ހެވަން އިންޓަނޭޝަނަލް އެއަރޕޯޓް ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުގައި ހެދުމަށް ވަނީ ހަމަޖެހިފައެވެ.

”މާފިނޮޅު އެއަރޕޯޓު އޮންނާނީ ފުރަތަމަ ފޭސްގަ ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގަ. އިންޓަނޭޝަނަލް ކުރަން ނިންމާފަ އޮތީ ދެވަނަ ފިޔަވަހީގަ. މިއީ އޭރު ޕްލޭން ކޮށްފަ އޮތް ގޮތް. މި ސަރުކާރު އައި އިރު، މާފިނޮޅު އެއަރޕޯޓަށް އޮތީ ފައިސާ ހޯދާ އަމަލީ މަސައްކަތްވެސް ފަށާފަ. އެކަމަކު އީއައިއޭގެ ރަސްގެފާނު ކަމަށް އަމިއްލައަށް ހެދިގެން މިއުޅޭ ސަލީމް، ތަނެއް ދޮރެއް ބަލާނުލާ ދާއިރާގެ ގޮނޑީގެ ދަހިވެތިކަމުގަ ކުރި ކަމެއް މިއީ.“ މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވިގޮތުގައި ހޯރަފުށީ އެއަރޕޯޓުގެ އީއައިއޭ ހެދިއިރު ރަށާއި އެއަރޕޯޓާއި އޮންނަން ޖެހޭނީ ކޯޒުވޭއަކުން ގުޅިފައެވެ. އަދި އެއަރޕޯޓުގެ ބިން ހިއްކާ ސަރަހައްދުގައި ވަށައިގެން ބޮޑު ހިލަ ޖަހައި ރިވެޓްމެންޓް ޖަހަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެއަރޕޯޓް ފަސްގަނޑު ދެ ފޫޓަށް އުސްކުރުމަށްވެސް އީއައިއޭ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

”އެކަމަކު މީގެން އެއްވެސް ކަމެއް ނުކޮށް މިއުޅޭ އެންވެއަރުމެންޓަލިސްޓު ސަލީމް އެއަރޕޯޓު ހެދީ މީނައަށް ވޯޓު ހޯދަން. ތާހިރު ވެއްޖެއެއްނު.“ މުހައްމަދު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މިއަދުގެ ދަތުރުތައް ކެންސަލް ކުރިކަން ގިނަ މީހުންނަށް އެނގުނީވެސް ހެނދުނު އެއާޕޯޓަށް ގޮސް ޗެކިން ކުރި ފަހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button