ރިޕޯޓް

މާލޭގެ މަގުތައް އަސްލަމް ވީހެއްޔެވެ؟

މާލޭގެ މަގުތަކަކީ ވިއްސާރަ މޫސުމުގައި އަދި ބޯކޮށް ވާރޭ ވެހޭ ދުވަސް ދުވަހު އަބަދުވެސް ފެން ބޮޑުވާ މަގުތަކެވެ.

މިއަދު ވެހުނު ބޯ ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި އަނެއްކާވެސް ހިނގާ ބިނގާވެ އުޅެން ދަތިވާ ވަރަށް މި ވަނީ ފެން ބޮޑު ވެފައެވެ.

ހަނދާނަށް އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވާ ދުވަހެއްގައި މާލޭގެ މަގުތައް ”މުއިއްޒު“ ވާ ވުމެވެ. އޭރުގެ ސަރުކާރާއި ދެކޮޅު މީހުން މި ނޫން އެއްޗެއް ނުކިޔައެވެ. އެމީހުންގެ ނަޒަރުގައި ޒިންމާ ވާން ޖެހެނީ އޭރުގެ ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އެވެ.

މިއަދު ވެރިކަމުގައި ހުންނެވީ ރައީސް ޔާމީނެއް ނޫނެވެ. ހައުސިންގް މިނިސްޓަރަކީ ޑރ.މުއިއްޒެއް ނޫނެވެ. މިއަދު ވެރިކަމުގައި ހުރީ ރައީސް ސޯލިހެވެ. ހައުސިންގް މިނިސްޓްރީ ހިންގުމާއި ހަވާލުވެހުރީ މުހައްމަދު އަސްލަމެވެ.

އޭރު މާލޭގެ މަގުތައް ”މުއިއްޒު“ ވީއޭ ގޮވި މީހުނަށް މިއަދު މަގުތަށް ”ސޯލިހު“ ވީއޭ ނުވަތަ ”އަސްލަމް“ ވީއޭ ގޮވަން ކެރޭނެ ހެއްޔެވެ؟

One Comment

  1. އޭރު މަގުތަކާ ހަވާލުވެހުރީ ހައުސިންގ މިނިސްޓަރ މުއިޒު. މިއަދު މަގުތަކާ ހަވާލުވެހުރީ ސިޓީ ކަައުންސިލް މޭޔަރު މުއިޒް.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button