ޚަބަރުސިޔާސީ

މިނިވަން ކަމުގެ ދިފާއުގައި ދިވެހިން“ މިނަމުގައި އިދިކޮޅުން ކެމްޕޭނެއް ފަށައިފި“

”މިނިވަންކަމުގެ ދިފާއުގައި ދިވެހިން“ މިނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކެމްޕޭނެއް ފަށައިފިއެވެ. މި ކެމްޕޭން އިފްތިތާހް ކޮށްދެއްވީ އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީ ގެ ރައީސް އަބްދުއްރަހީ  އަބްދުﷲމް (އަދުރޭ) އެވެ.

މި ކެމްޕޭން އިފްތިތާހް ކުރުމަށް އިދިކޮޅުން ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން، ދިވެހި ރާއްޖެ މިއޮތީ ހުރިހާ ގޮތަކުން ވެސް ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، ގައުމުގެ ހާލަތު މިއަދު އޮތީ ހިތާމަ ކުރަން ޖެހޭ ފަދަ ހާލަތެއްގައި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އަބަދުވެސް ޕީޕީއެމުން އިސްކުރާނީ ދިވެހި ގައުމާއި ދިވެހި ރައްޔިތުން ކަމަށްވެސް އަދުރޭގެ ވާހަކަކޮޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިރޭގެ އިވެންޓްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވިސްނުންފުޅު އަބަދުވެސް ހުންނަނީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށެވެ. އަދި މިވަގުތަކީ އެހެން ހުރިހާ މަސައްކަތެއް ހުއްޓާލުމަށް ފަހު މިގައުމު ސަލާމަތްކުރުމުގެ މަސައްކަތް ޕީޕީއެމުން ފަށްޓަވަންވީ ވަގުތު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިކެމްޕޭނަކީ ގައުމީ ކެމްޕޭނެއް ކަމަށާއި، މިކަން ކުރިޔަށް ދާނީ ރައީސް ޔާމީންގެ ލަފައާއި އިރުޝާދުގެ މަތިންކަން އަދުރޭ ފާހަގަކުރެއްވިއެވެ.

މި ފެށޭ މަސައްކަތަކީ ޕީޕީއެމް ޕީއެންސީއިން ފެއްޓި މަސައްކަތެއް ކަމުގައި ވިޔަސް، މިމަސައްކަތަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ކުރަން ޖެހޭ މަސައްކަތެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފައިވާތީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މިރޭ އިދިކޮޅުން ބޭއްވި އިވެންޓްގައި އިދިކޮޅު ކޯލިޝަންގެ ލީޑަރުންނާއި ކޯލިޝަންގެ ގިނަ މެމްބަރުންތަކެއް  ބައިވެރިވެފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button