ޚަބަރު

ބޮމުގެ ހަމަލާގެ އެންމެ އިސް މީހާ ޖަލުން ދޫކޮށްލުމަކީ ރޭވުމެއް ކަމަކަށް ބެލިފައެއް ނުވޭ: ފުލުހުން

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި މަހުގެ 6 ވަނަ ދުވަހު ދެވުނު ބޮމުގެ ހަމަލާގެ އެންމެ އިސް މީހާ ޖަލުން ދޫކޮށްލުމަކީ ރޭވުމެއް ކަމަށް ބެލިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މިހާރު ކުރިޔަށްދާ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދަށް ދެވުނު ހަމަލާގެ އިސް އެކަކު ކަމަށްވާ އަބްދުﷲ އަލި މަނިކު ޖަލުން މިނިވަން ކުރި ކުރުމާ ބޮމުގެ ހަމަލާ އައި ގުޅުވައި ތަހުގީގު ނުކުރާ ކަމަށެވެ. އޭނާ ދޫކޮށްލުމުގައި ރައީސް އޮފީހާއި ކަރެކްޝަންސް އާއި ކުރި މުއާމަލާތްތަކަކީ މި މައްސަލައިގެ ތެރޭގައި ނުބަލާ ކަމެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

”މިހާތަނަށް އެކަމާ ގުޅިގެން އަޅުގަނޑުމެން ޝައްކު އުފައްދައިގެން ބަލަންޖެހޭ ކަަހަލަ ހަރުދަނާ ސަބަބެއް ފެނިފެއް ނުއެއް ނެތް. އޭގަ ވަކި ހާއްސަ ތުހުމަތެއްވެސް ނެތް. އޭނާ ދޫކޮށްލުމަކީ މިކަމާ ގުޅިގެން ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް އިނގޭތޯ.“ ރިޔާޒު ވިދާޅުވިއެވެ.

އަބްދުﷲ އަލި މަނިކު މެން ފަދަ މީހުން ދޫކޮށްލުމުގެ ސަބަބުން މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އެރުވިކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ރައީސަށް އެފަދަ ލަފާ އަރުވަނީ ކްލެމެންސީ ބޯޑުންނެވެ. އެބޯޑުގައި ފުލުހުންގެ ބޭފުޅަކު އިންނަވައެވެ.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button