ޚަބަރު

މާލޭގެ ވައި ނުސާފުވަރު ބަލާނެ ނިޒާމެއް ގާއިމްކުރަން ނިންމައިފި

މާލޭގެ ވައި ނުސާފުވެ ތަޢައްޔަރު ވެފައިވާ މިންވަރު ބެލުމަށްޓަކައި އެމްބިއަންޓް އެއާކޮލިޓީ މޮނިޓަރިން ސްޓޭޝަނެއް ގާއިމު ކުރަން ހަދަންޖެހޭ ކަމާގުޅޭ ޓެކްނިކަލް އެސެސްމެންޓް ހަދާނެ ބަޔަކު ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓިރީީން އިއުލާނު ކޮށްފިއެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ޓެކްނިކަލް އެސެސްމެންޓް ހަދައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރަން އެ މިނިސްޓްރީން އެދިފައި ވެއެވެ.

ބީލަންތަށް ހުޅުވުމަށް ނިންމާފައިވަނީ އޮގަސްޓް 12 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ. އެ މިނިސްޓްރީން ބުނިގޮތުގައި މައުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާތިލް ވާނެކަމުގައެވެ. އަދި ގަޑިޖެހިގެން ހުށަހަޅާ ބީލަން ތައް ބަލައިނުގަންނާނެ ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button