ޚަބަރުސިޔާސީ

ގާނޫނުލް އުގޫބާތުގައި ކުށަކަށް ހަދާފައިވާ ކަމެއް އެހެން ބިލެއްގައި ތަކުރާރު ކުރަން ޖެހޭތޯ: އިންތި

ގާނޫނުލް އުގޫބާތުގައި ކުށަކަށް ހަދާފައިވާ ކަމެއް ނަފްރަތުގެ ބިލުގައި އަލުން ރިޕީޓު ކުރަން ޖެހޭތޯ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ސުވާލު އުފައްދައިފިއެވެ.

އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުގައި ކުރިން އޮތްގޮތް ބަދަލު ކުރަން ބޭނުންފުޅުވާ ކަމުގައި ވާނަމަ ޖެހޭނީ މަޖިލީހަށް އެހެން ބިލެއް ހުށައަޅަން ކަމުގައެވެ.

ނަފްރަތުގެ ބިލު ފާސްވިޔަ ނުދިނުމަށް އެހާ ގަދަ އަޅާ މަސައްކަތް ކުރީ އެ ބިލުގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކައެއް ނެތުމުންތޯ އިންތި ވަނީ ސުވާލު އުފައްދަވާފައެވެ.

އިންތި މިފަދައިން ވިދާޅުވެފައި މިވަނީ ނަފްރަތުގެ ބިލުގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކަ ނެތް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވުމާއި ގުޅިގެންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button