ޚަބަރު

އައްޑޫ ބަހުން މީދޫގެ އިމާމަކު ހުކުރު ހުޠުބާ ކިއުމުން ސަސްޕެންޑުކޮށްފި

އައްޑޫ ބަހުން މީދޫގެ އިމާމަކު ހުކުރު ހުތުބާ ކިޔުމުން ސަސްޕެންޑުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު މީދޫ މަސްޖިދުއް މަޖްދުއްދީނުގައި ހުކުރު ހުތުބާ ކީއިރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުއިން ފޮނުވި ހުތުބާ އައްޑޫ ބަހަށް ބަދަލުކޮށްގެން ކިޔުމުގެ ސަބަބުން ސަސްޕެންޑުކޮށްފައިވަނީ މީދޫގެ މުދިމެއް ކަމަށްވާ މުހައްމަދު ރަޝީދުއެވެ.

މި މައްސަލަ ބަލަނީ އިސްލާމިކް މިނިސްޓްރީ އާއި އައްޑޫގައި އޮންނަ ހުތުބާ ކޮމެޓީންނެވެ. މިމައްސަލާގެ ރިޕޯޓް އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީއިން މިއަންނަ ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީއަށް ފޮނުވަން ވަނީ ހަމަޖެހިފައެވެ.

އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީގެ ތަހުގީގް ނުނިމި ވަނިކޮށް ސަރުކާރުން ބުނެފައި ވަނީ އެފަދަ ފިޔަވަޅެއް އެޅީ ހުތުބާ އަށް އުނިއިތުރުކޮށްގެން ކިޔާފައިވާތީ ކަމަށެވެ.

ހުކުރު ހުތުބާ ވަކިގޮތަކަށް ކިޔައިގެން ސަސްޕެންޑުކުރި މީ ފުރަތަމަ ފަހަރެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button