ޚަބަރު

މި ބޯމަތިވަނީ އަނެއް ރާޅު: ޑރ.މުއިއްޒު

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިިން ރޭ އާންމު ކުރި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ރާއްޖެ އައިސް ކަރަންޓީނު ވާން ނުޖެހޭ އުސޫލަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ފާޑުވިދާޅު ވެއްޖެއެވެ.

ރޭ އެޗްޕީއޭ އިން އާންމު ކުރި އުސޫލުގައި ވާގޮތުން ދިވެހިންނާއި ވޯކް ޕާމިޓްގައި ރާއްޖެ އެތެރެވާ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހެއްނަމަ ރާއްޖެ އެތެރެ ވުމަށް ފަހު ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. އަދި ކޯވިޑް-19 އަށް ޕޮސިޓިވްވެ 60 ދުވަސް ހަމަނުވާ ފަރާތްތެއް ނަމަވެސް ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ.

އެ އުސޫލުގައިވާގޮތުން ކަރަންޓީނުވާން ނުޖެހޭ މީހުންގެ އަތުގައި 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ވާނެއެވެ. އަދި ވެކްސިން ފުރިހަމަ ކޮށްފައިނުވާ ކުޑަކުދިން އެތެރެވާތާ 5-7 ދުވަހުގެ ތެރޭ ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެއެވެ.

މި އުސޫލަށް ފާޑު ވިދާޅުވަމުން ޑރ.މުއިއްޒު ވިދާޅުވީ މި އުސޫލުގެ ސަބަބުން ކުރިމަތިވާނީ އިތުރު ރާޅެއް ކަމުގައެވެ. އަދި އެޗްޕީއޭއިން ހަދާ މިފަދަ އުސޫލުތަކުގެ ސަބަބުން ހުރިހާ ގެއްލުމަކާ ކުރިމަތިލާން ޖެހެނި އާންމު ރައްޔިތުންނަށް ކަމަށެވެ.

އެޗްޕީއޭއިން މީގެ ކުރިން ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނު ވުމަކާނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭ ގޮތް ހަދާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button