ޚަބަރު

ހިޔާ ފުލެޓުގައި ސޮއި ކުރަން ދެން ފަށާނީ އާދީއްތަ ދުވަހު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ދެން ކުރިއަށްދާނީ އަންނަ އާދީތަ ދުވަހު ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން މީގެ ކުރިން އިއުލާނު ކޮށްފައިވަނީ ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އަލުން ފަށާނީ މި މަހުގެ 24 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ އީދު ބަންދުގެ ފަހު ދުވަސް ކަމުން ސޮއި ކުރުން މި މަހުގެ 25 ވަނަ ދުވަހަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ސޮއިކުރާ ތާރީހަށް ބަދަލުތަކެއް އައި ކަމުގައިވިޔަސް އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާނީ ކުރިންވެސް އިއުލާނު ކުރިގޮތަށް ޓަވަރު ތަރުތީބުންނެވެ.

ހިޔާ ފުލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައި ވަނީ ޖުލައި މަހުގެ 14 ވަަނަ ދުވަހުގައެވެ. އެއްބަސްވުމުގައި ސޮއިކުރުން އޮގަސްޓްގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެޗްޑީސީ އިން މައުލޫމާތު ދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button