ޚަބަރު
ވަޒަނާއެކު ހައްޔަރު ކުރި މީހާ ޑީޕޯޓު ކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ގޮސް ހުއްޓާ ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައި އޭނާ ޑިޕޯޓު ކުރަން ނިންމައިފި އެވެ.
އޮންލައިން ނޫހެއް ކަމުގައިވާ ”މިހާރު“ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އެ މީހާގެ ބަންދަށް އެންމެ ފަހުން ޖެހި ތިން ދުވަހުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހު ހަމަވުމުން، އޭނާ ބަންދު އިތުރު ކުރަން ކޯޓަށް ނުގެންގޮސް އޭނާ ދޫކޮށްލީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުގެ ބަދަލުގައި އޭނާ ޑިޕޯޓު ކުރަން ވަނީ ނިންމައިފަ އެވެ. އަދި މިވަގުތު އެމީހާ ހުރީ ޑިޕޯޓު ކުރަން އިމިގްރޭޝަން ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމީހާއަށް ދައުވާ ކުރުމުގެ ބަދަލުގައި ޑީޕޯޓު ކުރުމަށް ނިންމި ވަކި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.