ޚަބަރު

ޑިމަކްރަސީ އާއި ހިލާފު އަމަލުތައް ހިންގަން ހިއްވަރުދިނުން ބަލައެއް ނުގަނެވޭނެ: މުހައްމަދު އިސްމާއިލް

ޑިމަކްރަސީ އާއި ހިލާފު އަމަލުތައް ހިންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންނަށް ހިއްވަރު ދިނުން ބަލައެއް ނުގަނެވެނެ ކަމަށް ރައްޔިތުން މަޖިލިހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅު ވެއްޖެއެވެ.

މުހައްމަދު ވިދާޅުވީ ރައްޔިތުން ޖޫރިމަނާކޮށް ގާނޫނު އަސާސީއިން ލިބިފައިވާ ހިޔާލު ފާޅު ކުރުމާއި ބަސްބުނުމުގެ ހައްގަށް އަރައިގަތުމަށް ދޭހަވާ ގޮތަށް އަމަލުތަށް ބެހެއްޓުމަށް ރައީސް ސޯލިހު ފުލުހުންނަށް ހިއްވަރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން މުހައްމަދު ބުނިގޮތުގައި ސަރުކާރުން ކުރާ ވައްކަންތަކާއި އިސްލާމް ދީނަށް ފުރައްސާރަކުރުން އޯކޭ ނޫން ކަމަށެވެ.

”އިންޑިއާ އަޅުންނަށް ވެގެން އުޅެން އޯކޭ އެއް ނޫން، އިސްލާމް ދީނާ ދެކޮޅު އަމަލުތަށް އޯކޭއެއް ނޫން، ކޯލިޝަން ސަރުކާރުން ގައިމުގެ ރައުސްމާލުން ވައްކަންކޮށް ލޫޓުވުން އޯކޭއެއް ނޫން.“ މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާ އިސްލާމް ދީނުގެ ހައްގުގައި ދިވެހިން ވަރުބަލި ކަމެއް ނެތި އަޑު އުފުލާނެ ކަމަށެވެ. އަދި މީހުން އެއްވެ މުޒާހާރާ ކުރަން ވިއަސް އެކަންވެސް ކުރާނެ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button